Ads by
ވިޔަފާރި
ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި “ސްމާޓް ސްޓޯ” އެސްޓީއޯއިން ހުޅުވައިފި
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިންގާ ފުރަތަމަ ސްމާޓް ފިހާރަ ހުޅުމާލޭގައި ހުޅުވައިފިއެވެ.

Ads by Eki Online

މިފިހާރަ ހުޅުވައިފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯ ފިހާރަ ކުރިންވެސް ހިންގި ތަނުގައެވެ. މިފިހާރަ ހުޅުވާދެއްވީ ނައިބް ރައީސް ފައިސަލް ނަސީމުއެވެ.

އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މުއާމަލާތެއް ކުރާ ގޮތަށް އިންތިޒާމުކޮށްފައިވާ ފިހާރައެކެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ފިހާރަތައް ހިންގާތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ފިހާރައިން ވިޔަފާރި ކުރެވޭނީ އެސްޓީއޯ ސްމާޓް ސްޓޯ އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީވެ ބޭންކު ކާޑުގެ މައުލޫމާތު ދީގެންނެވެ.ފިހާރާގައި ހަރުކޮށްފައި ހުންނަ އޭއައި ކެމެރާތަކުގެ ޒަރިއްޔާއިން ފިހާރާގައި ހުންނަ މުދާތައް ގުނާ ބަލައެވެ.

މިއީ ހިދުމަތް ދިނުމުގައި އެއްވެސް މުވައްޒަފެއް ނޫޅޭ ފިހާރައަކަށްވީ ނަމަވެސް އެސްޓީއޯ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް ގޯހެއް ހިނގާފާނެ ކަމަށް ކަންބޮޑުވާން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *