Ads by
ޚަބަރު
ރައީސް ޞާލިޙް ކޮށްދެއްވީ ހެޔޮ ވެރިކަމެއް: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކޮށްދެއްވީ ހެޔޮ ވެރިކަމެއް ކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޑީޕީން ބުނެފިއެވެ.

Ads by Eki Online

އެމްޑީޕީގެ މައި އެކްސް (ޓްވިޓަރ) އެކައުންޓްގައި ކޮށްފައިވާ ޕޯސްޓް ގައި ބުނެފައިވަނީ ރައީސް ޞާލިޙަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވި ވެރިއެއްކަމަށާއި އެ މަނިކުފާނަށް މަރުހަބާއާއި ޝުކުރުދަންނަވާކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނީ 2018 އިން 2023 އަށް ނިމިގެން މިދިޔަ ސަރުކާރަކީ ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ތަރައްގީއަށާއި ގައުމުގެ އެކި އެކި ދާއިރާތަކަށް ގެންނެވި އިންގިލާބީ ހެޔޮ ބަދަލުތަކާއި ކޮވިޑްގެ އާލަމީ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށާއި އިގަތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކޮށްދެއްވި ބުރަ އަދި އަގުހުރި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ މަސައްކަތްތަކެއް ކަމަށެވެ.

އަދި މިއަދު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުޢިއްޒަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށާއި އެމަނިކުފާނު އެ މަގާމާ ހަވާލުވެވަަޑައިގެންނެވުމާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއަކަށް ކަމަށް އެ ޕާޓީން ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލީސަމީމު ހަސަން7 މަސް ކުރިން

ކޮބާ ނުކުޅެދުންތެރިކަންހުންނަމީހުންނައް6000ރުފިޔާއަަޅުގަނޑަކައްނުލިބޭލިބުނީކުންބަޔަކައްކަމެއްނޭންގެ އެޔީހެޔޮވެރިކަންއިބޫސޯލިހުގެ ހަމަނަސީބެއްމުއިއްޖުރައީސްކަމުގާހުވާކުރިކަން އިބޫސޯލިހުވެރިކަމުގާ އެކައްވެސްހެދީދޮގޮ ކޮންމެކަމެއްވެސްކޮއްދޭނަމޭކިޔާފަ ނޮކޮއްދީ ދޮގުހެދީ ހޮވަފެނެއްދެއްކީ ވާންވިގޮތްވެފައިމިހާރުއެހެރީ

0
0