Ads by
ޚަބަރު
ޑރ. މުޢިއްޒު ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފި
ފޮޓޯ: ސަން މީޑިޔާ

ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.

Ads by Eki Online

ރައީސް ޑރ. މުޢިއްޒާއި ، ނާއިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ހުވާކުރެއްވީ، މިކަމަށްޓަކައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ޑރ. މުޢިއްޒަކީ 2001 ވަނަ އަހަރު ޔުނިވާސިޓީ ކޮލެޖް ލަންޑަނުން ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ،”ފަސްޓު ކްލާސް އޮނާސް” ނުވަތަ އެންމެ މަތީ ދަރަޖައިގެ ޝަރަފާއެކު ޙާޞިލުކުރައްވައި، ހަމަ އެ ޔުނިވާސިޓީން 2002 ވަނަ އަހަރު މާސްޓާސް އޮފް ސައިންސް ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޙާޞިލުކުރެއްވި ބޭފުޅެކެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. މުޢިއްޒޔު ވަނީ ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާފައެވެ.

ޑރ.މުޢިއްޒު ރާއްޖޭގެ ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރުގައެވެ. އެއިރު އޭނާގެ ޢުމުރަކީ އެންމެ 33 އަހަރެވެ. 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގައި ވެރިކަން ބަދަލުވުމާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޢިއްޒު ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *