Ads by
ޚަބަރު
މުއިއްޒުގެ ކެބިނެޓް ހުވާ ކުރެއްވުން މިރޭ 7:45 ގައި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ހުވާ ކުރެއްވުމާ ފަތްކޮޅު އެރުވުން މިރޭ 7:45ގައި ބޭއްވުމަށް ނިންމައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނީ ޑރ.މުއިއްޒު އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި އޮންނާނެ ކަމަށެވެ.

ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވުންވެސް މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން އަންގަވާފައިވެއެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ ކެބިނެޓްގައި 22 މިނިސްޓަރު ތިއްބަވާއިރު، ރައީސް އޮފީހަށް ނުވަ މިނިސްޓަރަކު އައްޔަން ކުރައްވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒާއި އަދި އެމަނިކުފާނުގެ ނައިބު، ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *