Ads by
ޚަބަރު
ހައިކޯޓުގެ ފަނޑިޔާރުކަމަށް މާނިއު އައްޔަންކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހއ. އިހަވަންދޫ، އަންބަރީގެ އަބްދުލްމާނިއު ހުސައިން އައްޔަން ކުރައްވައިފިއެވެ.

Ads by Eki Online

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-C/195/2023/49  (05 ނޮވެންބަރު 2023) އިޢުލާނުގެ ދަށުން “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ” އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ހއ.އިހަވަންދޫ، އަންބަރީގެ، ޢަބްދުލްމާނިޢު ޙުސައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ނޮވެންބަރު 15 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަންގެ 74 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

2013 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ވަޒީފާ މާނިއު އަދާކުރައްވާފައިވާއިރު ޝަރުޢީ ދާއިރާގައި 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *