Ads by
ޚަބަރު
ހުޅުމާލެ މަގުތަކުގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން ހުއްޓާލަން އާބަންކޯއިން އަންގައިފި

ހުޅުމާލެ މަގުތަކުގައި ހުއްދަނެތި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން ހުއްޓުމަށް އާބަންކޯއިން އަންގައިފިއެވެ.

Ads by Eki Online

އާބަންކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ހުޅުމާލެ އެކި ސަރަހައްދުތަކުގެ ޕޭވްމަންޓް އަދި ހެޖް ތެރޭގައި ކެފޭ އަދި ޖޫގޯ ޕޮއިންޓްތަކުން ޤަވާއިދާއި ޚިލާފަށް ވިިޔަފާރި އުސޫލުން ބައެއް ފަރާތްތަކުން ޚިދުމަތް ދެމުންދާ ކަމަށެވެ. އެހެންކަމުން، އެ ފަރާތްތަކުން، 20 ނޮވެމްބަރުގެ ނިޔަލަށް އެސަރަހައްދުގައި ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ބަހައްޓާފައިވާ ގޮނޑިމޭޒުތައް ނަގައިދިނުމަށް އެދިފައިވެއެވެ.

އާބަންކޯއިން ބުނީ މި މުއްދަތުގެ ތެރޭގައި އެތަކެތި އެސަރަހައްދުން ނަގާފައިނުވާނަމަ، އެ އެއްޗެހި ނަގައި ސާފުކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަަށް އަރބަންކޯއިން ޒިންމާ ނުނަގާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލޭގެ ޕޭވްމަންޓު މަތީގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނަގަން އާބަންކޯއިން އެންގިއިރު، އެ ކޯޕަރޭޝަނުން ވަނީ ހިޔާ ފްލެޓު ސަރަހައްދުގެ ބީޗު ސަރަހައްދުގައި ބަހައްޓާފައިވާ ހެދިކާ ހަޓުތައްވެސް ނަގަން އަންގާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *