Ads by
ޚަބަރު
ފުރަތަމަ 100 ދުވަސް: ރިސޯޓުތަކުގައި އުޅޭ ދިވެހިންނަށް ހާއްސަ ހައުސިން ކެޓަގަރީ އެއް ކަނޑައަޅަނީ

އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަ ޝޯސަލް ހައުސިން ކެޓަގަރީއެއް ކަނޑައަޅަން ނިންމައިފިއެވެ.

Ads by Eki Online

ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ޕްލޭންގައި ގެދޮރުވެރިކަމާއި އުމުރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް މުޅިރާއްޖޭގައި ހިންގުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް %5 އިންޓަރެސްޓްގައި ތައާރަފްކުރާ ލުއި ލޯނާބެހޭ ސިޔާސަތު އެކުލަވާލައި އާންމުކުރުމާއެކު، ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ނިންމާފައިވެއެވެ. އަދި ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭގޮތަށް ފަރުމާކޮށްފައިވާ ” ހައުސިން އެޕްލިކޭޝަން ޕޯޓަލް” ގަާއިމްކުރުން ހިމެނެއެވެ.

އަދި ސިނަމާލެއާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށްޓަވާނެކަންވެސް ހިމަނާފައިވެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އިއުލާންކުރި “ހަފްތާ 14″ގެ ޕްލޭނުގައި އެންމެ ފުރަތަމަ ދުވަހު ފެއްޓެވުމަށް ހިމަނައިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތާއި ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށް އިޓްލޮސްއަށް މައްސަލަ ހުށަހެޅުން ހިމެނެއެވެ.

އަދި މީގެ އިތުރުން އެކިއެކި މަޝްރޫއުތައް ހިންގުމަށް ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ އިސްތިގުލާލާއި ސިޔާދަތަށް އުނިކަމެއް އަންނާނެހެން ހުރި ކަމެއް ވާނަމަ އެކަމެއް އެ އެއްބަސްވުމަކުން އުނިކުރުމުގެ މަސައްކަތް ހިމަނައިފައިވެއެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *