Ads by
ޚަބަރު
ފުރަތަމަ 100 ދުވަސްތެރޭ އެއާ އެމްބިއުލާންސް ތައާރަފްކޮށް އައިވީއެފް އާސަންދައިން މެދުވެރިކޮށް ލިބޭގޮތް ހަދަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގައި އެއާ އެމްބިއުލާންސް ތައާރަފްކޮށް އައިވީއެފް ޓްރީޓްމަންޓް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނިންމައިފިއެވެ.

Ads by Eki Online

މާދަމާ ރިޔާސީ ދައުރު ފައްޓަވާ ޑރ. މުއިއްޒު ވަނީ “ހަފްތާ 14” ގެ ނަމުގައި 100 ދުވަހުގެ ޕްލޭނެއް ރޭ އިފްތިތާހް ކުރައްވައިފައެވެ. ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި ޕްލޭންގެ މަސައްކަތްތައް ބަހާލާފައިވަނީ 8 ދާއިރާއަކަށެވެ.

ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެއާ އެމްބިއުލާންސް ތައާރަފްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވައުދުގެ ތެރޭގައި ހިމެނެއެވެ. އަދި ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓަރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއެއްގެ ތަވާލު އެކުލަވާލައި ތަންފީޒުކުރަން ފަށާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ޚާއްސަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އެކަން ފުރަތަމަ ނުވަ ހަފުތާގެ ތެރޭގައި ކުރުމަށް ވަނީ ނިންމައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *