Ads by
ޚަބަރު
4000 ފްލެޓުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން ހައުސިން މިނިސްޓްރީއަށް އަންގައިފި

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

Ads by Eki Online

މި އެންގުން އަންގާފައިވަނީ އެ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމުގެ ކަންކަމާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގަށް ފާހަގަވެފައިވާތީ ކަމަށް އޭސީސީން ބުނެފައިވެއެވެ.

މިކަން ހުއްޓުވުމަށް އޭސީސީއިން ހައުސިން މިނިސްޓްރީއަށް މިރޭ ސިޓީއެއް ފޮނުވާފައެވެ.

މިރޭ ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް އެ ކަންކަން ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އިއުލާން ކޮށްފައެވެ.

އަދި މިރޭ ހައުސިން މިނިސްޓްރީއިން ގުރު ލުމުގެ ކަންކަންވެސް ކުރިއަށް ގެންދަމުން އެބަގެންދެއެވެ.

4000 ފްލެޓުގެ ކަންކަން މިހާ އަވަސް ކޮށްލައިން ކުރިއަށް ގެންދާތީ ގިނަ ބައެއްގެ ފާޑު ކިޔުންވެސް ހައުސިން މިނިސްޓްރީއަށްވަނީ އަމާޒުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *