Ads by
ޚަބަރު
ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން ލޯންޗް ކުރުން މިރޭ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ އިފުތިތާހުކުރަން ނިންމައިފިއެވެ.

Ads by Eki Online

މި ޕްލޭން ނެރުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ ނެރޭއިރު ރިޔާސީ ޓިކެޓު ލިބުނު ހިސާބުން ފެށިގެން، އިންތިހާބު ތެރޭގައި ރަށްރަށަށް ކެމްޕެއިނަށް ގޮސް ދެއްކި ވާހަކަތަކާއި ވައުދުތައް ހިމެނޭ ހާއްސަ ފޮތެއް ވެސް މިރޭ ނެރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފޮތުގައި ކެންޑިޑޭޓަކަށްވުމަށްޓަކައި ފޯމުލެއްވި ދުވަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ދެއްކި ވާހަކަފުޅުން ފެށިގެން ދެ ބުރުގައި ހުރިހާ ރަށަކަށާއި ހުރިހާ ތަނެއްގައި ދެއްކި ހުރިހާ ވާހަކަފުޅަކާއި އިންތިހާބު ކާމިޔާބު ވުމަށްފަހު ދެއްކެވި ހުރިހާ ވާހަކަފުޅެއްވެސް އަކުރުން އަކުރަށް އެ ފޮތުގައި ލިޔެފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ ފޮތުގައި ހުރިހާ ވައުދެއްވެސް ހިމެނޭނެ ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާތީކަމަށެވެ.

ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާކުރައްވާނީ ހުކުރު ދުވަހު ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *