Ads by
ޚަބަރު
ޖޭއެސްސީގެ މެމްބަރުކަމަށް އަސްލަމް އައްޔަނުކުރައްވައިފި

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޛޭއެސްސީ) ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އައްޔަނުކުރައްވައިފިއެވެ.

Ads by Eki Online

މި މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކުރިން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން އެ ހުސްވި މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް އިންތިހާބުކުރީ އެ ދުވަހުގެ ރެއެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރަންޖެހެއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް އައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *