Ads by
ޚަބަރު
ދައުރުގެ ފަހު ދުވަސްކޮޅު މި ދިން ޕްރޮމޯޝަންތަކަކީ ކުރިން ދޭން ނިންމާފައިވާ ޕްރޮމޯޝަން ތަކެއް: ފުލުހުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ވެރިކަން ނިމެން ދެދުވަހަށް ވެފައިވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ދިން ޕްރޮމޯޝަން ތަކަކީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ފުލުހުން ވިދާޅުވީ މި ޕްރޮމޯޝަންތައް އޭރު ހަވާލުނުކުރީ ރިޔާސީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި ޕްރޮމޯޝަންތަކުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީކަމަށެވެ.

އަދި މީގެއިތުރުން ފުލުހުން ވިދާޅުވީ މި ޕްރޮމޯޝަން ތަކަކީ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ދީފައިވާ ޕްރޮމޯޝަންތަކެއްކަމަށެވެ.

މި ޕްރޮމޯޝަން ތަކަކީ މި ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް.

– ފުލުހުން

މައުލޫމާތު ލިބިފައިވާގޮތުގައި ގިނަ އަދަދެއްގެ ފުލުހުންނަށް ވަނީ މަގާމުގެ ކުރިއެރުންތަށް ދީފައެވެ. ޕްރޮމޯޝަން ދިން ފުލުހުންގެ އަދަދެއް އަދި ފުލުހުން ހާމައެއްނުކުރެއެވެ.

ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން މިދިނީ ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައި ވަނިކޮށެވެ.

 

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *