Ads by
ކުޅިވަރު
ނަޕޯލީގެ ކޯޗުކަން މަޒާރީއަށް

ނަޕޯލީ ފުޓްބޯޅަ ކްލަބުގެ ކޯޗު މަގާމުގައި ހުރި ރުޑި ގާސިއާ އެ މަގާމުން ވަކިކޮށް އައު ކޯޗަކަށް ވޯލްޓާ މަޒާރީ ހަމަޖައްސައިފިއެވެ.

ނިމިދިޔަ ސީޒަންގައި ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރީ ލޫސިއާނޯ ސްޕަލެޓީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ނަޕޯލީން ވަނީ 33 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓާލީ ލީގު ކާމިޔާބު ކޮށްފައެވެ.

ނަމަވެސް ސީޒަން ނިމުމާއިއެކު ސްޕަލެޓީ ވަނީ އެ މަގާމުން ވަކިވެފައެވެ. އޭނާ ވަކިވުމުން ނަޕޯލީގެ އައު ކޯޗަކަށް ގާސިއާ ހަމަޖެއްސީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

ގާސިއާގެ އިރުޝާދުގެ ދަށުން ނަޕޯލީން މި ސީޒަންގައި 16 މެޗު ކުޅުނުއިރު އޭގެތެރެއިން މޮޅުވީ 8 މެޗުންނެވެ. 4 މެޗުން ބަލިވިއިރު އަނެއް 4 މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މިވަގުތު ނަޕޯލީ އޮތީ ލީގު ތާވަލުގެ 4 ވަނައިގައެވެ. އެއްވަނާގައި އޮތް އިންޓަ މިލާނާއި ނަޕޯލީއާއި ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މަޒާރީ ވަނީ 2009 ނަޕޯލީއަށް ކޯޗުކޮށްދީފައެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ ނަޕޯލީއާއިއެކު 2012 ވަނަ އަހަރު އިޓާލިއަން ކަޕް ކާމިޔާބު ކުރުމެވެ. މަޒާރީ ވަނީ 2016/17 ސީޒަންގައި ޕްރިމިއާ ލީގުގެ ވޯޓްފޯޑަށް ވެސް އިރުޝާދު ދީފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *