Ads by
ޚަބަރު
މަގޫދޫ އެއާޕޯޓުގެ ހިންގުން ރީޖަނަލް އެއާޕޯޓަށް

ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގެ ހިންގުން ރީޖަނަލް އެއާޕޯޓްސް ކުންފުންޏާ ހަވާލުކޮށްފިއެވެ.

Ads by Eki Online

އިއްޔަ ނެރުނު ބަޔާނެއްގައި ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނީ، ފިނޭންސް މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގެ ހިންގުން އެ ކުންފުންޏާ ހަވާލުކޮށްފައިވާކަމަށެވެ.

އެމްޓީސީސީ އާ 231.5 މިލިއަން ރުފިޔާ އަށް މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައެވެ. ސަރުކާރުން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާލާއިރު، އެ އެއާޕޯޓުގައި އިމާރާތްކުރާ ފަޔާ ބިލްޑިންގެ މަސައްކަތްތައް ވަނީ ނިންމާލައިފައެވެ. މިހާރު ކުރިއަށް ދަނީ ފަސިންޖަރުންގެ ޓާމިނަލްގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތާއި، ޖެޓުތައް ޕާކުކުރާނެ ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ހެދުމުގެ މަސައްކަތެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނާ ގޮތުގައި، ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ނަމަ، އަންނަ ޖެނުއަރީގައި އެއާޕޯޓު ހިންގަން ފެށޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *