Ads by
ޚަބަރު
އެމްޑީޕީގެ ރައީސްކަމަށް އަލްހާން ވާދަކުރައްވަނީ
ފޮތޯ: މީސް މީޑިޔާ

ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީ އިއުލާންކުރައްވައިފިއެވެ.

Ads by Eki Online

އެމްޑީޕީގެ ރައީސްކަން ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ނަޝީދު ވަނީ އެމްޑީޕީން ވެސް ވަކިވެވަޑައިގެންފައެވެ.

2012 ވަނަ އަހަރު އެމްޑީޕީން ވަކިވުމަށްފަހު އަލްހާން ވަނީ މި އަހަރުގެ ސެޕްޓެންބަރުމަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ފޭދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަލްހާން އިއްޔަ އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ވިދާޅުވީ ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން ގަސްތުކޮށްފައިވާ ކަމަށެވެ.

ސިޔާސީ ހަޔާތް އަލްހާން ފެށީ ރައީސް މައުމޫނުގެ އަރިހުގައި ޑީއާރުޕީންނެވެ. އެމްޑީޕީއާ ގުޅުނީ އެ ޕާޓީން ވަކިކުރުމުންނެވެ. އެމްޑީޕީން ވެސް އަލްހާން ފަހުން ވަނީ ވަކިކޮށްފައެވެ. އަލުން އެމްޑީޕީއާ ގުޅުނީ ރައީސް ޞާލިޙަށް ތާއީދު ކުރުމުގެ ގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ.

އެމްޑީޕީގެ ރައީސްއާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ރިޔާސީ އިންތިހާބަށްފަހު ބާއްވާނެކަމަށް އެ ޕާޓީން ވަނީ މީގެކުރިން އިއުލާންކޮށްފައެވެ. ނަމަވެސް މިހާތަނަށް މި އިންތިހާބު ބާއްވާނެ ދުވަހެއް އިއުލާންކޮށްފައެއްނުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *