Ads by
ސިއްހަތު
ޓީބީ ނުވަތަ ޓިއުބަރކިއުލޯސިސް އަކީ ފުރާނަައަށްވެސް ނުރައްކާވެދާނެ ބައްޔެއް. ފަރުވާތެރިވޭ!

ޓީބީ އަކީ އާންމުކޮށް ފުއްޕާމޭއަށް ޖެހޭ ސީރިއަސް އިންފެކްޝަނެއް ކަމަށާއި ފަރުވާ ނުދީފިނަމަ ފަރުވާނުކުރެވޭ ހާލަތަށް އިންސާނާ ވެއްޓިދާނެކަމަށް ޑަކްޓަރުން ބުނެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ޓީބީ އިންފެކްޝަންގެ އަލާމާތަކަށް ވެދާނެ ވަކި ވައްތަރެއްގެ ކެއްސުމެއް އެބަހުއްޓެވެ. ނަމަވެސް ވިންޓަރ ނުވަތަ ފިނިދުވަސްވަރު ކައިރިވަމުން ދިއުމާއެކު ޓީބީ ކެއްސުމަކީ ފްލޫ ނުވަތަ ކޯވިޑް-19 ގެ އަލާމާތެއް ކަމަށް ބުނެ މީހުންނަށް އޮޅުންއަރާގޮތްވެއެވެ.

Ads by Eki Online

ޓީބީ އަށް ފަރުވާ ކުރެވޭނެ ހެއްޔެވެ؟

ޓީބީ އަކީ ފަރުވާ ކުރެވޭ އަދި ރައްކާތެރި ކުރެވޭ ބައްޔެއް ނަމަވެސް، އަދިވެސް މި ބައްޔަކީ އާންމު ސިއްހަތުގެ ސީރިއަސް މައްސަލައެކެވެ. އެގޮތުން އަވަހަށް ބަލި ދެނެގަތުމަކީ އެންމެ މުހިންމުކަމެވެ. އަދި ވަގުތުން އެކަށީގެންވާ ފަރުވާ ހޯދިއްޖެނަމަ މިބަލިން ސަލާމަތް ވެވޭނެއެވެ. އެކްސްޕްރެސް ޔޫކޭ އިން ބުނާ ގޮތުގައި، ގިނަ ހާލަތްތަކުގައި ޓީބީއަށް ފަރުވާ ކުރެވޭނީ ހަ މަސް ދުވަހުގެ އެންޓިބަޔޮޓިކްސް ކޯހަކުން ނަމަވެސް ބަލި ހަށިގަނޑުގައި ފެތުރިފައިވާނަމަ ސްޓިރޯއިޑް ބޭސް ވެސް ކާން ޖެހޭނެއެވެ.

ޓީބީ ކެއްސުން ދެނެގަންނާނެ ގޮތް!

ތިން ހަފްތާއަށް ވުރެ ގިނަ ދުވަހު ކެއްސުން ނުފިލާ ދިގުދެމިގެންދާނަމަ، އަދި ކެއސުމުގައި ލޭ ހުންނަ މީޔުކަސް ހުރިނަމަ އެއީ ޓިއުބަރކިއުލޯސިސްގެ އަލާމާތަކަށް ވެދާނެއެވެ. ވީމާ ޑޮކްޓަރަށް ދައްކާ ޓެސްޓް ހަދައި ފަރުވާ ހޯދައިދަންފަށާށެވެ.

ޓީބީ ޖެހޭނީ ކިހިނެއް ހެއްޔެވެ؟

ޓިއުބަރކިއުލޯސިސް (ޓީބީ) ޖެހެނީ މައިކޮބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިޔާ ޖަރާސީމެއްގެ ސަބަބުންނެވެ. އާންމުކޮށް މި ބެކްޓީރިއާ ފުއްޕާމޭއަށް ހަމަލާދޭ ނަމަވެސް ޓީބީ ބެކްޓީރިއާ އަކީ ހަށިގަނޑުގެ ކިޑްނީ، ބުރަކަށި، އަދި ސިކުނޑި ފަދަ ހަށިގަނޑުގެ ކޮންމެ ބަޔަކަށް ވެސް ހަމަލާދޭ އެއްޗެކެވެ. ބަލިޖެހިފައިވާ މީހަކު ކެއްސާނަމަ ކުދި ތިކިތަކުގެ ތެރެއިން އެ ބެކްޓީރިއާ ދޫކުރާނެއެވެ. މިކަންކަން ވަށައިގެން ތިބި މީހުންނަށް ނޭވާލާއިރު، އެމީހުންގެ ހަށިގަނޑަށް ޖަރާސީމު ވާސިލްވެ ނުރައްކަލުގެ ތެރެއަށް ވައްޓިދާނެއެވެ.

ޓިއުބަރކިއުލޯސިސްގެ އެހެން އަލާމާތްތައް!

ޓިއުބަރކިއުލޯސިސްގެ އަލާމާތްތައް މަޑުމަޑުންވެސް ފެނިދާނެއެވެ. ކެއްސުން ފިޔަވައި އެހެން އަލާމާތްތަކުގެ ތެރޭގައި ވަރުބަލިކަން ނުވަތަ ވަރުބަލިކަން އިހުސާސްވުމާއި، ފިނިހޫނުމިން މަތިވުން ނުވަތަ ރޭގަނޑު ފިނިވުން، ކާހިތްވުން، ބަރުދަން ލުއިވުން، އަދި އާންމުކޮށް ރަނގަޅު ނުވުން ހިމެނެއެވެ. ހަށިގަނޑުގެ އެހެން ތަންތަނަށް އިންފެކްޝަން ފެތުރިއްޖެނަމަ ގްލޭންޑްތައް ދުޅަވުމާއި، ގައިގައި ރިއްސުމާއި، ހުޅު ނުވަތަ ފައިގެ ކަކޫ ދުޅަވުމާއި، ބަނޑުގައި ނުވަތަ ޕެލްވިކްގައި ރިއްސުމާއި، އަބަދު ބަނޑުހައިވުން އަދި ކަޅުކޮށް ނުވަތަ ވިލާ ނުބަތަ ވަރަށްފުސްކޮށް ކުޑަކަމުދާތަކެތި ހުރުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. މީގެ އިތުރުން ބޮލުގައި ރިއްސުމާއި، އޮޅުން ބޮޅުން ވުމާއި، ކަރު ހަރުވުމާއި، ފައި، މޫނު ނުވަތަ ހަށިގަނޑުގެ އެހެން ތަނެއްގައި ރިއްސުން ފަދަ ކަންކަންވެސް އިމެނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *