Ads by
ސިއްހަތު
ހެލްތު އެންޑް ފިޓްނަސް

އާދައިގެ ބަހުން ބުނާނަމަ ދުޅަހެޔޮ ނުވަތަ ފިޓް ވުމަކީ ހަށިގަނޑަށް ރަނގަޅަށް ފަރުވާ ދިނުމެވެ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަކީ ދުޅަހެޔޮ ސިކުނޑިއެއް ދިރިއުޅެނީ ހަމައެކަނި ދުޅަހެޔޮ ހަށިގަނޑެއްގަކަމެވެ. ސިކުނޑިއާއި ހަށިގަނޑުގެ ރަނގަޅު ސިއްހަތަކީ، ދިރިއުޅުމުގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ހަކަތައިގެ މިންވަރު ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.

Ads by Eki Online

ގެއްލުން ހުރި މާއްދާތައް ބޭނުންކުރުމުން ދުރުހެލިވެ، ގަވާއިދުން ކަސްރަތު ކުރުމާއި، ރަނގަޅު ކާނާއާއި ނިދި ލިބުމަކީ ދުޅަހެޔޮ ދިރިއުޅުމެއް ކަނޑައަޅާ މުހިންމު ބައެއް މިސާލުތަކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ހަމައެކަނި މީހެއްގެ ޖިސްމާނީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ނަފްސާނީ ހަމަޖެހުން ނުވަތަ މީހެއްގެ އެތެރޭގެ ހަމަޖެހުން ވެސް ހިމެނޭ ކަމަކެވެ.

އާންމު ގޮތެއްގައި ސިއްހަތަށް ފައިދާހުރި ކާނާ އެކުލެވިގެންވަނީ އިންސާނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންވާ ފެހި އަދި ތާޒާ ތަރުކާރީއާއި މޭވާ ކެއުމާއި ކިރު، ބިސް، މަޢުދަން، ޕްރޮޓީން އަދި ވިޓަމިންތައް ކެއުން ހިމެނޭ ގޮތަށް ރަނގަޅު އަދި ދުޅަހެޔޮ ކާނާ ކެއުމުންނެވެ. ދުވަހުގެ ރޫޓިންގައި ގަވާއިދުން ކަސްރަތު ކުރުމަކީ ވެސް ބޭނުންވާ ފިޓްނަސް އާއި ލޭގެ ހަކުރު އަދި ދިފާއީ ނިޒާމުގެ އެކަށޭނަ މިންގަނޑެއްގައި ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.

ދުޅަހެޔޮ އާދަތަކުގެ ސަބަބުން ޖިސްމާނީ ސިފައާއި، ނަފްސާނީ ހަމަޖެހުމާއި، ރަނގަޅު ގޮތެއްގައި ހަރަކާތްތައް ހިންގުމުގެ ގާބިލްކަން އިތުރުވެ، ސްޓްރެސް ފްރީ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެއެވެ. އުފާވެރި މޫޑުތައް ދެމެހެއްޓުމާއި، ހަކަތައިގެ މިންވަރު މަތިވުން ފަދަ ކަންކަން ރަނގަޅުވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *