Ads by
ޚަބަރު
އަދީބުއާއި ޒިޔަތު މިނިވަންކުރުން ބަލައެއް ނުގަންނާނަން: އަދާލަތު

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، ޒިޔަތަށް ރައީސް ޞާލިޙު މާފު ދެއްވައި މިނިވަންކުރި ކުރުން ބަލައި ނުގަންނާނެ ކަމުގައި އަދާލަތު ޕާޓީން ބުނެފިއެވެ.

Ads by Eki Online

އަދާލަތު ޕާޓީން މިކަން ހާމަކޮށް އެކްސް(ޓްވިޓަރ) ގައި މިރޭ  ވަނީ ޕޯސްޓެއް ހިއްސާކޮށްފައެވެ.

އެ ޕޯސްޓެއްގައި ބުނެފައި ވަނީ ދައުލަތުގެ މުދަލަށް ބޮޑެތި ހިޔާނާތްވީ ކަމަށް އަމިއްލައަށް އިއުތިރާފްވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ރައީސް ޞާލިޙު މި ދެ ބޭފުޅުންނަށް މައާފު ދެއްވުމާއެކު މި ދެބޭފުޅުން މިހާރު ވަނީ މިނިވަންވެފައެވެ. މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގައިވާ ގޮތުން ކުށްވެރިންނަށް މައާފު ކުރުމާއި ނުވަތަ ކުށްވެރިން ކޮށްފައިވާ އަދަބު ލުއި ކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރަށާއި ރައީސް ޞާލިޙަށާއި އެމްޑީޕީ އަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ޒާހިރު7 މަސް ކުރިން

ބަލަގަރާތްޖޭރަތްޔިތުއްނައްހާމަވާގޮތައްކުރީގެޓޯރިޒަމްމިނިސްޓަރު އަލީވަހީދުވިދާޅުވިރައިސްސޯލިހުވެސްއެމްއެމްޕީއާރުސީގެއިހަނާ.ތުގެ ފާސާގެބޭނުހިއްޕިކަމައްއެހެއްވެއެކައްފޫބެއްދުމައްޓަކާބޮއްގޮއްވާލި ރަތްޔިތުއްގެފާސާތައްކައްވާލިޗޯރުއަދީބުއާއިޒިއަދުއެދޫކޮއްލި. ރައިސްސޯލިހުއަކަސް)ރައިސް)ޔާމީނުކަމުގަވިޔަސް.ރަތްޔިތުއްގެފާސާ އަށްއިހާނާވިކަމަޢްއެއްބަސްވެ.25.އަހަރާއި.20.އަހަރައްހުކުއްކޮއްފަ ތިބިބަޔަކުދޫކޮއްލުމީ.ރައިސްސޯލިހުމިގައުމުރަތްޔިތުޢނައްހިޔާނާއް ވިކަމައްޔަގީންވެސާބިތުވުމުގެ.ހެޢކާދަލީލު)އެއީހަމަ)).ޗޯރުއިބޫ

0
0
ބުލްބުލް7 މަސް ކުރިން

އިމްރާން ކަލޭ ފޯކޭ ކިޔާނެ ކަމެއްނެތް. ކަލޭއަށް އިނގިހުރެ އެކަންކުރީ

0
0
ހައްގުބަސް7 މަސް ކުރިން

އެކަން ކޮށްފާވަނީ ސޯލިހުވެސް އެލާރިކާގެން އެކަން ސިއްރުކުރުމައް އަދި ސަރުކާރާހަދާފަ ހުރުޑީލްތަކަކާއެކު އިމުރާނުވެސް އެކަމުގާ ބައިވެރިވާ ކަން

0
0