Ads by
ޚަބަރު
ކުޅުދުއްފުށިން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ! ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް!

މި މަހުގެ ކުރީކޮޅު ގެއްލުނު ކުޅުދުއްފުށީ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Eki Online

ގެއްލިގެން ހޯދަނީ އުމުރުން 39 އަހަރުގެ ހދ. ކުޅުދުއްފުށި / ލަންދޫގެ، އަބްދުﷲ އިބްރާހިމް އެވެ..

އާއިލާއަށް އޭނާގެ ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު ބުނީ އޭނަ ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމަށެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނީ އަބްދުﷲ ގެއްލުނުތާ އެއް ދުވަސް ފަހުން އޭނާ މާލެ-ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާކަމަށެވެ.

ނަމަވެސް އަބްދުﷲ އިބްރާހިމްގެ އެއްވެސް ޚަބަރެއް މިހާތަނަށްވެފައި ނުވާތީ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *