Ads by
ޚަބަރު
މަޖިލީހުގެ ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

Ads by Eki Online

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުންނެވެ.

އެ މަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ އެކަން އަންގަވާ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއަށް މިއަދު ފޮނުއްްވި ސިޓީފުޅަކުންނެވެ.

ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ދެވަނަ ޖަލްސާ ފެށީ ހަވީރު 16:00 ގައެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ހަސީނާ4 މަސް ކުރިން

މިއީ މީނަގެ ނުލަފާކަމުން ދިވެހިން ސަލާމަތްވި ދެވަނަ ފަހަރެވެ. ދެނެއް މަޖްލީހަކަށްވެސް ދުވަހަކުވެސް ނުހޮވޭނެއެވެ.

0
0
އަލިހޮއްކޮ4 މަސް ކުރިން

ދެން އެހެން ތިބެފާ އަމިއްލައަށް މިވެރިން އިސްތިއުފާ ދީފާ ދެން ކިޔާނީ ބަޣާވާތެއް ކުރިއްޔޭއެވެ. އެއީ ވެރިކަމުގައިވެސް ހެދިގޮތެވެ. ދުވަހަކުވެސް ދައުރެއް ހަމައެއް ނުކުރާނެއެވެ.

0
0