Ads by
ޚަބަރު
އަދީބާއި ޒިޔަތަށް ރައީސް ޞާލިހު މައާފުދީ މިނިވަންކޮށްފި
ފޮޓޯ: މީސް މީޑިޔާ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް ދިނުމާއެކު އެ ދެ ބޭފުޅުން މިނިވަން ކޮށްފިއެވެ.

Ads by Eki Online

އަދީބު މިނިވަންވެފައިވާކަން ހާމަކޮށް އަދީބު އުފައްދަވާފައިވާ އެމްޓީޑީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ، ރައީސް ސާލިހު އަދީބުއަށް މާފް ދީފައިވާ ކަމަށާއި، އަދީބު މިނިވަންވެގެން ދިއުން ވެގެންދާނީ އެޕާޓީ އިތުރަށް ހަރުދަނާކޮށް  އަދި އެއްބައިވަންތަ ކުރުވަން ލިބިގެންދިޔަ ފުރުސަތަކަށް ކަމުގައެވެ.

އެމްއެންޕީއާރުސީ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެފައި ވާއިރު، ދައުލަތުން ވަނީ އެ ދެމީހުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.ދައުލަތުން ވަނީ އެ ހިޔާނާތް ހިނގިއިރު ރައީސް އަކަށް ހުންނެވި ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ކޯޓުގައި ހެކީންގެ ގޮތުގައިވެސް އެފަހުން އަދީބާއި ޒިޔަތު ބޭނުން ކޮށްފައެވެ.

އަދީބު ވަނީ ނިމުނު ރިޔާސީ އިންތިޚާބުގެ ކުރިން އޭނާއަށް ޕެރޯލުގެ ޤާނޫނުގެ ދަށުން މައާފު ދިނުމަށް ސަރުކާރަށް ހުށަހަޅާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *