Ads by
ޚަބަރު
ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައި ތާވަލު ކޮށްފި

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައިގައި ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފިއެވެ.

Ads by Eki Online

އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިއޮތީ މިއަދު މެންދުރު 02:00 އަށެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އިވާފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ފަށާފައިވީނަމަވެސް، މައްސަލަ ލަސްވެ ދިގުލައިގެންދާތީ އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން ބާއްވަން ތާވަލުކުރި އަޑުއެހުންތައްވެސް ކެންސަލް ކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދިވަޑައިގަތުމަށެވެ.

ވ. އާރަށް މައްސަލައިގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *