Ads by
ޚަބަރު
ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފިއެވެ.

Ads by Eki Online

މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް ފާސްކުރީ މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެމްޑީޕީން އީވާގެ އިތުބާރުނެތްކަމަށް ހުށަހެޅުމަށް ސޮއި ހަމަކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ.

އިއްޔެ 11:30 ގައި ބޭއްވި ދެ ވަނަ ޖަލްސާގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަަށްފަހު އީވާ ވިދާޅުވީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރަކީ އިއްޔެ ހެނދުނު 09:00 ގައި ބޭއްވި ފުރަތަމަ ޖަލްސާގައި ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން މަސަައްކަތް ފަށާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި އީވާ އިންނަވައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވި ނިންމެވުމާއި ގުޅިގެންނެވެެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *