Ads by
ޚަބަރު
މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން މެދުކަނޑާލައިފި

ބަޖެޓް ހުށަހެޅުމަށް މިއަދު ރައްޔިތުންގެ މަޖިލިހަށް އެޖެންޑާކުރި ޖަލްސާ ކޯރަމް ހަމަނުވެގެން މެދުކަނޑާލައިފިއެވެ.

Ads by Eki Online

މިއަދު ބަޖެޓް ހުށަހެޅުމަށް އެޖެންޑާކޮށްފައިވާއިރު، ފިނޭންސް މިނިސްޓަރު ސިއްހީ ހާލަތު ތަންނުދޭތީ މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަޅަން ވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވެ މަޖިލީހަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

މިއަދު ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އީވާ ވިދާޅުވީ، ޖަލްސާ ނުފެށިގެން އުޅެނީ އަމްރު ވަޑައިނުގަންވާތީ އެކަނި ނޫންކަމަށާއި ތަޅުމަށް ވަޑައިނުގަންނަވާ މެމްބަރުން މަޖިލީހުގެ ގޯތިތެތޭގައި ތިއްބެވީމައި ކަމަށެވެ.

ކޯރަމް ހަމަކޮށް، އަލުން ޖަލްސާ ފެށޭތޯ މަސައްކަތްކުރައްވާނެ ކަމަށާއި މިވަގުތަށް މެދުކަޑާލެއްވީ ކަމުގައި އީވާ ވިދާާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް 2 ބަޖެޓެއް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ 49.5 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއާއެކު ރައީސް ނަޝިދުގެ އިތުބާރު ނެތް މައްސަލަވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކުރިއެވެ. އެެހެން ނަމަވެސް ކޯރަމް ހަމަނުވެ ޖަލްސާ މެދުކަނޑާލީއެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *