Ads by
ޚަބަރު
ފައްޔާޒް ރައީސް ނަޝީދަށް: އިތުބާރު ނެތްކަމުގެ މައްސަލައަށް ނުފިއްލަވާ ވޯޓާ ކުރިމަތިލައްވާ

ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ނުފިއްލަވާ ވޯޓާ ކުރިމަތި ލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

Ads by Eki Online

މިއަދު މަޖިލިސް ޖަލްސާގައި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް އަމަލުކުރައްވާފައިވަނީ، މިދިޔަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އަމަލުކުރެއްވި ގޮތަށްވުރެއްވެސް ދަށުދަރަޖައިގައި ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ކަޅު އަނދިރި ދުވަހެއް ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލައަށް ނުފިއްލަވާ ވޯޓާ ކުރިމަތި ލެއްވުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. ނަމަވެސް އެ ޖަލްސާތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *