Ads by
ޚަބަރު
އަފީފްގެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު، މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު  ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅައިފިއެވެ.

Ads by Eki Online

މިއަދު ބޭއްވި މަޖިލިސް ޖަލްސާ ރިޔާސަތުގައި އިންނެވި މެންބަރު އަފީފު ވަނީ ރައީސް ނަޝީދު މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައިފައެވެ. މިއާއެކު އެ ޖަލްސާވެސް ވަނީ ނިންމާލާފައެވެ.

އަފީފް މިއަދުގެ ޖަލްސާ ނިންމެވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާކޮށްފައެވެ.

11:30 އަށް އެޖެންޑާ ކުރި ދެވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިސްގެ ނައިބު ރައީސް އީވާ އަބުދުﷲ ވެސް ވަނީ މިއީ މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއްކަމަށް ވިދާޅުވެ، މަޖިލިސް ޖަލްސާ ނިންމަވައިލައްވާފައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ވިދާޅުވީ މިއަދު 12:00 ގައި ބާއްވަން ނިންމާފައިވާ ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅިފައިވަނީ މިއަދުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ޤަބޫލުކުރެވޭތީ އެ މައްސަލައާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *