Ads by
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ހާލަތެއް ނެތް: އުޝާމް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އުޝާމް މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ދަ ޑިމިކޮކްރެޓްސްގެ ފަރާތުން  އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމަށް އެންގުމާއި ގުޅިގެންނެވެ.

އުޝާމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާއި މެދުގައި ސުވާލު އުފައްދާ ނިޒާމީ މައްސަލަތައް ނަންގަވަމުންދާ އިރު މަޖިލީހަށް ހުށަހަޅާ ޤަރާރުތަކުގެ ވާހަކަ ޤާނޫނު އަސާސީގައި 2 ހާލަތެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި މި ދެ ހާލަތުގެ ތެރެއިން އެއް ހާލަތެއްކަމަށް ޤާނޫން އަސާސީގެ 82 ވަނަ މާއްދާގެ (ބ) ބުނަނީ ރައްޔިތުންގެ މަޖިލީގުގެ ރައީސް އަދި ނަިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިއުމަށް ހުށަހަޅާ ގަރާރުގެ ވާހަކަ އައިސްފައިވާއިރު، ޤާނޫން އަސާސީގެ 105 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުން މަޤާމުން ވަކި ކުރެވޭނެ ގޮތުގެ ވާހަކަ ބަޔާން ކުރާ ގަވައިދެއް ބަޔާންކޮށްފައިވެއެވެ.

އަދި މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު އެގޮތަށް ޢަމަލުކުރާ ނަމަ، ފުރަތަމަ ކިޔުން އިއްވަން ޖެހޭނެ ކަމަށާއި އެއަށް ފަހު ބަހުސްކޮށް، ކޮމިޓީ މަރުހަލާ ނިންމާ، ކޮމިޓީގެ ރިޕޯޓް ހުށަހަޅައިގެން ނޫނީ އެފަދަ މައްސަލަތައް ކުރިއަށް ނުގެންދެވޭނެކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

 

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *