Ads by
ޚަބަރު
ސަރުކާރު ބަދަލުވަނީ އަބަދު ވެސް އަމާންކޮށް: މައުމޫން
ފޮޓޯ: މީސް މީޑިޔާ

އަމާންކޮށް ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބުކުރައްވާ ރައީސް ޞާލިޙު ދެއްވި ޚީޠާބުގައި ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަމަށެވެ. އަދި މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަސް ރައީސް ޞާލިހު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ މައުމޫން ވިދާޅުވީ، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމަށެވެ. އަދި ވެރިކަން އަމާންކަމާއެކު ބަދަލުވަނީ ހަމައެކަނި މިފަހަރު އެކަނި ނޫންކަމަށެވެ.

ރައީސް މައުމޫން ވަނީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވާފައެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމި އާ ސަރުކާރަށް ބަދަލުވުމުގެ މަރުހަލާ އަށް މައުމޫން ވަރަށް ފަހި ފުރުސަތު ތަނަވަސް ކޮށްދެއްވާ ޑިމޮކްރެސީގެ ރީތި މިސާލެއް ދެއްކެވިއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *