Ads by
ޚަބަރު
ކޯޓުގެ ހުކުމަކީ ލިބުނު ބޮޑު ކާމިޔާބެއް: އެމްޑީޕީ
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ, މަޖިލިސް ހުއްޓުވާފައި އޮތް އޮތުމަށް ނިމުމެއް ގެނެސްދީފައިވާ ކަމަށާ ކޯޓްގެ އެ ހުކުމަކީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Eki Online

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއް ގައި ބުނެފައިވަނީ ސުޕްރީމް ކޯޓްގެ ހުކުމަކީ ގާނޫނުއަސާސީގެ ސިޔާދަތު ކަށަވަރު ކޮށްދީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ނަގަހައްޓައި ދިން ހުކުމެއް ކަމަށެވެ.

އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި “މަރުތަޅު” އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް ޓަކައި އެ ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަަށެވެ.

“ސުޕްރީމް ކޯޓުގެ މި ޙުކުމަކީ، މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި ”މަރުތަޅު” އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި މި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް” – އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެެމްޑީޕީގެ ޕީޖީ ގްރޫޕުން އޮތުރަށް ބުނީ ދިވެހި ރައްޔިތުންގެ އެންމެހައި ހައްގިތައް ރައްކާތެރިވެ ޤާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިތިބޭނެ ކަމަށެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *