ގިޔާމަތްދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ ހިތް ރަނގަޅު ކުރެވުނު މިންވަރަކުން ކަމަށް ހުކުުރު ޚުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމީ މަތިވެރި އަހްލާގުގެ މަތީގައި ކުރިޔަށްދާ މީހުންނަކީ މި ބިންމަތީގެ ނަސީބުވެރިން ކަމަށާއި އެ މީހުންނަކީ އާހިރަތުގެ ބާއްޖަވެރިން ކަމަށެވެ.
އަދި އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަމަށާއި ކަމަށާއި ކޮންމެ އިންސާނަކުވެސް އޭނާގެ ހިތް ރަނގަޅުކޮށް, އިސްލާހު ކުރުމަށާއި, ހެޔޮ އަމަލު ކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރަން ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުުން ކުފުރާއި، ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ ﷲ ގެ ކޯފާއާއި މީސްތަކުންގެ ރުޅިވެރިކަން ކަމަށާއި އިންސާނާގެ ހިތް އިސްލާހު ކުރަންވާނީ އެނާގެ ދުނިޔެއާއި އާހިރަތް ރަނގަޅު ކޮށްދޭނެ މަންހަޖާ އެއްގޮތަށް ކަމަށް ހުތުބާގައި ބުންޏެވެ.
