Ads by
ޚަބަރު
ސުޕްރީމް ކޯޓުން ޙުކުމް އިއްވީމަވެސް ރައީސް ނަޝީދު ވިސްނަވަނީ މަޤާމުގައި ބައްދައިގެން އޮންނަން: ރޮޒައިނާ

ސުޕްރީމް ކޯޓުން ޙުކުމް އިއްވެވީމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިސްނަވަނީ މަޤާމުގައި ބައްދައިގެން އޮންނަވަންކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެެއްޖެއެވެ.

Ads by Eki Online

ރޮޒައިނާ މިހެން ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 7 ދުވަސް ވެފައިވާއިރު، މި 7 ދުވަސް ވަންދެން މަޖިލީހުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިފަހައްޓަވަން ރައީސް ނަޝީދު މަސައްކަތްކުރައްވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު ފޮނުއްވި މެސެޖުތަކެއް ކަމަށް ވިދާޅުވެ ރޮޒައިނާވަނީ އެކްސްގައި ޗެޓްލޮގްގެ ސްކްރީންޝޮޓްތަކެއް ހިއްޞާކުރައްވާފައެވެ.

މީގެ އިތުރުން، ރޮޒައިނާ ވިދާޅުވީ، ފަނޑިޔާރުންނަށްވެސް ރައީސް ނަޝީދު ދޫނުދެއްވާކަމަށާއި، އެބޭފުޅުންނަށްވެސް މަލާމާތްކުރައްވާފައިވާކަމަށެވެ.

 

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޙުކުމް މިއަދު އިއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނާއިބު ރައީސް ފިޔަވައި އެހެން މީހަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެފައިވެއެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *