Ads by
ޚަބަރު
ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރޭވި ރޭވުން ފެއިލްވެއްޖެ: ރައީސް ނަޝީދު

އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރޭވި ރޭވުން ފެއިލްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ޤަރާރު މަޖިލީހުގައި ކުރިއަށް ނުދިޔުމަކީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓް އެއްގައެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރެއްވީ ޑރ. މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު ހުއްޓުވަން ކަމަށާއި އެ ރޭއްވުން ފެއިލްވެއްޖެކަމަށެވެ.

އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާއްވަވަމުންދިޔަ ރޭއްވުން ފެއިލްވިކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރަން

ރައީސް ނަޝީދު

އަދި މީގެއިތުރުން ޑރ. މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު ދާނީ ރީތިކޮށްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *