Ads by
ޚަބަރު
ކުޑަކުދިންނަށް ދޭ ބޭހެއްގެ ކޮލިޓީ ދަށްވުމުން ބޭނުންކުރުން މަނާކޮށްފި

ރާއްޖޭގެ ބާޒާރުގައި މިވަގުތު ހުރި ކުޑަކުދިންނަށް ދޭ ހުން ބޭހެއްގެ ކޮލިޓީ ދަށްވުމުން ބޭނުން ކުރުން މަނާކޮށްފިއެވެ.

Ads by Eki Online

މިކަން ހާމަކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ މާރކެޓުގައި މިވަގުތު ހުރި ކުޑަކުދިންނަށް ދޭ ހުން ބޭހެއްގެ ކޮލިޓީ މައްސަލައެއް ފާހަގަކުރެވިގެން އެ ބޭސް ވިއްކުމާއި ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށެވެ.

ކަލްޕޮލް ޕީޑިއެޓްރިކް ޑްރޮޕްސް ނަމަކަށް ކިޔާ ހުން ކޮންޓްރޯލްކޮށް ތަދުކެނޑުވުމަށް ބޭނުން ކުރާ މި ބޭހަކީ ޕެރެސެޓެމޯލް ޕީޑިއެޓްރިކްސް އޯރަލް ސަސްޕެންޝަންއެކެވެ.

އެމްއެފްޑީއޭ އިން ވިދާޅުވީ، މި ބޭހުގެ ކުލަ ބަދަލުވުމާއި ގަނޑުވެފައި ހުރުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

އެމްއެފްޑީއޭ އިން ވަނީ މި ހަފްތާ ތެރޭގައި އެލާގޯ ބްރޭންޑްގެ ސިޓްރިޒަން ކިޔާ ހުމާއި ރޯގާ އަދި ކެއްސުމަށްދޭ ދިޔާ ބޭހުގެ ކެމިކަލްގެ މާއްދާއެއް ހުރުމުން އެ ބޭސްވެސް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *