Ads by
ސިއްހަތު
މާބަނޑު ދުވަސްވަރު ކާން ރަނގަޅު ކާނާތައް!

މާބަނޑު ދުވަސްވަރަކީ ކޮންމެ މީހެއްވެސް ސިއްޙަތަށް ރަނގަޅު އަދި ފައިދާހުރި ކެއުންތަކަށް ލޯބިކުރާ ދުވަސްވަރެކެވެ. އެގޮތުން ތިރީގައި އެވަނީ މާބަނޑު ދުވަސްވަރު ކާން ރަނގަޅު ބައެއް ކާނާތަކެވެ.

Ads by Eki Online

ކިރު އެކުލެވޭ ކާނާތައް ކެއުމަށް މާބަނޑު ދުވަސްވަރު ސަމާލުކަން ދޭށެވެ. ކިރަކީ އޭގައި، ގިނަ އަދަދަކަށް “ޕްރޮޓީންސް އަދި ކެލްޝިއަމް” އެކުލެވޭ އެއްޗެކެވެ. މިދެމާއްދާގެ ސަބަބުން ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ދަރިފުޅުގެ ކަށިތައް ވަރުގަދަ ވުމުގެ އިތުރުން، ކުޑަ ދަރިފުޅަށް ބޭނުންވާ އެތައް ޒަރޫރީ މާއްދާތައް ލިބުމަށް އެހީ ވެދެއެވެ.

ކުކުޅު ބިހަކީ އާންމު ދިރިއުޅުމުގައި ވެސް ކެއުމަށް ފައިދާހުރި އެއްޗެކެވެ.
ކުޑަ ދަރިފުޅު އުފެދި ބަނޑުގައި ބޮޑުވަމުން އަންނަ އިރު، އައިބު ތަކުން ސަލާމަތް ކޮށްދިނުމުގެ އިތުރުން، ކުއްޖާގެ ސިކުނޑިއާއި، މައިބަދަ އަށް ވެސް ބިހުގެ ސަބަބުން ވަރަށް ބޮޑަށް ފައިދާކުރެއެވެ.

އެވޮކާޑޯ އަކީ ވެސް ގިނަ އަދަދެއްގެ ފައިދާހުރި މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ޚާއްސަކޮށް މާބަނޑު އަންހެނަކަށް ބޭނުންވާނެ ޒަރޫރީ މާއްދާތައް އެވޮކާޑޯގެ ސަބަބުން ލިބިގެން ދާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *