Ads by
ވިޔަފާރި
އުރީދޫން އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ޕްރޮމޯޝަނެއް

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާރޖްކޮށްގެން ޚާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

އުރީދޫން ބުނީ މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފުތާއެއްގެ ނަސީބުވެރި ފަރާތް އަދި ޑިސެމްބަރު ނިމުމުން ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވިގެން ދާނެ ކަމަށެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާޖް ކުރާ ފަރާތްތައްވެސް މި ޕްރޮމޯޝަނުގައި ހިމެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރީޗާޖް ކުރާ ފަރާތްތަކުގެ ވީކްލީ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަމަޖެހިފައިވާ އިނާމުތަކަކީ:

  1.  ޕްރޮމޯޝަނުގެ މުއްދަތުގައި 20 ރުފިޔާ އާއި އެއަށްވުރެ މަތިން ރީޗާޖް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް “ގްރޭންޑް ޕްރައިޒް ވިނަ” ގެ އިނާމުގެ ގޮތުގައި އައިފޯން 15 ޕްރޯ މެކްސްއެއް
  2. ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް “ވީކްލީ ވިނަ” ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު
  3. މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް

އުރީދޫ އެޕް ވަނީ ދާދިފަހުން ސުޕަ އެޕަކަށް އަޕްގްރޭޑްކޮށް، ގިނަ ހިދުމަތްތަކެއް އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން އެންޑް ޓު އެންޑް ސޮލިއުޝަނެއް ފޯރުކޮށްދީ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *