Ads by
ޚަބަރު
އެމްޑީޕީ މެންބަރުުންނަށް ބޭރު ގައުމުތަކަށް ނޭރޭ ވަރުކުރާނަން: ރައީސް ނަޝީދު

ބޭރުގެ ޖަމްއިއްޔާތަކުގެ މަގާމުތަކުން އެމްޑީޕީ މެންބަރުން ވަކި ކުރައްވާނެ ކަމަށާއި ބޭރު ގައުމުތަކަށް ނޭރޭ ވަރުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އެމްޑީޕީ މެމްބަރުންނަށް ނިސްބަތްކޮށް ނަޝީދު ވަނީ ވަރުގަދަ ބަހުގެ ހަމަލާދީފައެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ކޮންފަރެންސެއްގައިި ބައިވެރި ނުކުރުވުމަށް އެދި އެމްޑީޕީގެ މަޖިލިސް މެންބަރުން އެ ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ސިޓީ ފޮނުއްވައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ނަޝީދު ވިދާޅުވީ އެ ސިޓީތަކުގެ ކޮޕީ އެބަހުރި ކަމަށާއި އެ ސިޓީތައް ފޮނުއްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއިި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ކަމަށެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ޕާޓީ ކުރިމަތިލާންޖެހޭ ކަންކަމާއި ބަލާއިރު ވެރިކަން ގެއްލުމަކީ ކުޑަކަމެއް ކަމަށެވެ.

ނަޝީދު އެމްޑީޕީ މެމްބަރުންނަށް އިންޒާރު ދެއްވާފައިމިވަނީ އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އޯ ހަސީނާ7 މަސް ކުރިން

އެހުއްޓީ ހުއކަލޭގެ ބަސް އަހާނެ ހަމަ އެކަކު ނެތޭ ދުނިޔޭގައިވެސް މި ރާއްޖާގައިވެސް އަންނި އެޕިސޯޑް ނިމެނީ ދެން ނުލިބޭނެ މަޖްލިސް ގޮނޑިގަޑެއްވެސް. ފެއިލްވީ ބާކީވީ ބޮނޑުބުޑަށް ސައިވަނީ. އަރާނެ ގެއެއް ބޯޑުގަ ބޭރުގަވެސް ނެތް. ހެހެހެހެ. ދެންއުޅެން ޖެހޭނީ ގުރައިދޫގައި. ދުނިޔޭން މޮޔަވަނީ..

0
0