Ads by
ޚަބަރު
ރައީސް ޔާމިންގެ އަތުން 5 މިލިޔަން ޑޮލަރު ހޯދުމަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފި

ވ.އާރަށު މައްސަލައާ ގުޅިގެން ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައިވާ 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

Ads by Eki Online

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުންވަނީ އާރަށު މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަށް އެދި 07 އޮގަސްޓް 2023 ގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

އެ މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ޖޫރިމަނާ އަދަބު ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ. އަދި އެ އަމުރުގައި، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅައިގެން ހައިކޯޓުގައި ކުރިއަށްދާ އާރަށު އިސްތިއުނާފް މައްސަލަ ނިމުމުގެ ކުރިން އެ ފައިސާ ހޯދުމަށް ކޯޓަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ވާނަމަ އެ މައްސަލައެއް ކުރިއަށް ނުގެންދެވޭނެކަމަށާއި, އެނޫންވެސް ގޮތަކަށް މީރާއިން ނުވަތަ ދައުލަތުގެ އެހެންވެސް މުވައްސަސާ އަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް ހައިކޯޓުން ވަނީ އަންގާފައެވެ.

އަދި ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ހިމެނޭ ފައިސާގެ ބައި ތަންފީޒުކުރަން އެދި ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ކުރިއަށްގެންދަންޖެހޭ ސަބަބެއް ނެތުމުން، އެ މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *