Ads by
ޚަބަރު
ސެޕްޓެމްބަރު 12 އަކީ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައިފި

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ކަނޑައަޅުއްވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ބުނީ މިގޮތަށް ކަނޑައެޅުއްވީ، ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސްއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށް ފަހުގައިކަމަށެވެ.

ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރު ކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވި ގޮތުގައި ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށާއި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަން ޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާ އަދި ތަރިކަ އާ މެދު ޝައުގުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ހާއްސަ ގައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *