Ads by
ޚަބަރު
ދިޔާ ބޭހެއްގައި ކެމިކަލް މާއްދާއެއް ހިމެނޭތީ އެ ބޭސް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފި

ދިޔާ ބޭހެއްގައި ކެމިކަލް މާއްދާއެއް ހިމެނޭތީ އެ ބޭސް ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

Ads by Eki Online

އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާ އަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ “ޑައިތްލީން ގްލައިކޯލް” އަދި “އިތައިލީން ގްލައިކޯލް” ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮށްފައިވާ އެލާޓާއި ގުޅިގެން ރާއްޖެ އިން ވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިވަގުތު މި ކެމިކަލް ދެނެގަތުމަށްޓަކާ ކުރަންޖެހޭ ޓެސްޓު ރާއްޖޭގައި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ މިގޮތަށް ސްކްރީންކޮށް, މި ކެމިކަލް މާއްދާ ޑައިތްލީން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހުރިކަން ފާހަގަ ކުރެވޭ ސާމްޕަލްތަކެއް ރާއްޖެއިން ބޭރުގެ ލެބޯޓްރީއަކުން ޓެސްޓު ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރިއިރު ތިރީގައިވާ ބްރޭންޑުގެ ބެޗުގައި އެ ކެމިކަލް ހުރިކަން ކަށަވަރުކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން ވަނީ އެ ބްރޭންޑުގެ އިތުރު ތަހުލީލު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާތީ، އެ ޓެސްޓުގެ ނަތީޖާ ލިބި، ބޭރުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބްރޭންޑު އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *