Ads by
ޚަބަރު
އޭސީސީން އާބަންކޯއަށް ވަދެއްޖެ

އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް އިންތިގާލީ އޮފީހުން އަންގާފައިވާ އެންގުމާ ހިލާފަށް އަމަލު ކުރަން އުޅޭ ކަމުގެ ތުހުމަތުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާބަންކޯ އަށް ވަދެއްޖެއެވެ.

Ads by Eki Online

ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ގޮތުން އިންތިގާލީ އޮފީހުން މިދިޔަ މަހު ނެރުނު ބަޔާނުގައި ބުނީ ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު އެސެޓްތައްކަމަށެވެ. އެހެންކަމުން މި މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ ކަންބޮޑުވާ ކަމެއްކަމުގައެވެ.

ތަހުގީގެއް ކުރިއަށް ދާތީ ފަސް ކެމެއްކުރުން ހުއްޓާލަން އޭސީސީން އާބްނަކޯއަށް ވަނީ މިދިޔަ ހަފްތާގައި އަންގައިފައެވެ.

އޭސީސީން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު އަށް ފޮނުވި ސިޓީ ގައި ބުނީ މި ފިޔަވަޅަކީ ވަގުތީ ފިޔަވަޅެއްކަމަށެވެ.

މިގޮތުން ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާ ގުޅޭ ކަންކަން، އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަން، ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތައް، ޖޮއިންޓު ވެންޗާ އުސޫލުން ކުރިއަށް ގެންދާ ކަންކަން އަދި މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލަން އޭސީސީން ވަނީ އަންގާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *