Ads by
ޚަބަރު
ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 10،000 ވުރެ މައްޗަށް އަރައިފި

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by Eki Online

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، އިސްރާއީލުން ބޮން އަޅަމުން ދިއުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 10،022 އަށް އަރައެވެ. މީގެތެރޭގައި 4،000 ކުޑަކުދިންނާއި 2،500 އަށް ވުރެ ގިނަ އަންހެނުން ވެސް ހިމެނެއެވެ.

ޝަހީދުވި މީހުންގެ އަދަދު ކުއްލިއަކަށް މިހާ ބޮޑަށް އަރައިގެން މި ދިޔައީ ރޭގެ ވަގުތެއްގައި އިސްރާއީލް ސިފައިން ވައިގެ މަގުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކަށް ފަހުގައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރާ 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ވަށާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުން ވަނީ ސާފު ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތިން މަހުރޫމުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *