Ads by
ޚަބަރު
ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ.

Ads by Eki Online

ޖުޑީޝާލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މުހައްމަދު އިބްރާހިމް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ 70 ވަނަ ޖަލްސާގައެވެ.

ޖޭއެސްސީން ބުނީ މުހައްމަދު އިބްރާހީމް ސަސްޕެންޑް ކޮށްފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާތީއާއި، މައްސަލަތަކުގެ ހުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހުމުގެ އިތުރުން އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެމައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް އިޙުމާލުވެފައިވާތީ ކަމަށެވެ.

ޖޭއެސްސީން ބުނީ ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ދައްކާކަން އެ ކޮމިޝަންގެ ތަހްގީގަށް ސާބިތުވެފައިވާކަމަށެވެ. އަދި އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މި އަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމަށް ޖޭއެސްސީއިން ބުނެއެވެ.

އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް މުހައްމަދު އިބްރާހީމް މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރައްވާފައިވާ ކަމަށް ޖޭއެސްސީންވަނީ ހާމަކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *