Ads by
ޚަބަރު
ވިނަރެސް ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފި
ފޮޓޯ: އާބަންކޯ

ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓްތައް ވިއްކަން އިއްޔެ ހުޅުވާލި ވަގުތު ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އެ ފްލެޓްތައް ވިއްކުން އާބަންކޯ އިން މަޑުޖައްސާލައިފިއެވެ.

Ads by Eki Online

އާބަންކޯއިން ނެރުނު ބަޔާނުގައި ބުނީ، ވިނަރެސް ގަތުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވުނު ވަގުތު އޮންލައިން ޕޯޓަލްއަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް އެ ކޯޕަރޭޝަނަށް ލިބިފައިވާކަމަށެވެ.

އަދި އެ މައްސަލަ ހައްލު ކުރުމަށްފަހު ވިނަރެސް އެޕާޓްމަންޓްތައް އަލުން ގަންނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ތާރީޚެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށާ، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 1516 އަށް ގުޅާ ލުމަށް އާބަންކޯއިން އެދިފައިވެއެވެ.

ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން އިއްޔެ ވިއްކަން ހުޅުވާޅީ 123 ފްލެޓެވެ. އެ ފްލެޓްތައް ވިއްކަން އިއްޔެ 10:00 ގައި ހުޅުވާލިއިރު ބައިގަޑިއިރު ތެރޭގައި ހުރިހާ ފްލެޓެއް ވަނީ ވިކި ހުސްވެފައެވެ.

ވިނަރެސް ފްލެޓްތަކަކީ ހިޔާ މަޝްރޫއުގައި އާބަންކޯ އިން ހިންގި، އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ފްލެޓްތަކެކެވެ. އެ މަޝްރޫއުގައި 10 ޓަވަރު ހިމެނެއެވެ. އަދި ވިނަރެސްއަކީ މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ ބައެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *