Ads by
ޚަބަރު
އެމްޓީސީސީއަށް 3ވަނަ ކުއާޓަރުގައި 979 މިލިއަން ރުފިޔާގެ އާމްދަނީއެއް
ފޯޓޯ: މީސް މީޑިޔާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ 3 ވަނަ ކުއާޓަރުގައި 979 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެއެވެ.

Ads by Eki Online

އެމްޓީސީސީގެ މި އަހަރުގެ 3 ވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ 2 ވަނަ ކުއާޓާއާއި އަޅާބަލާއިރު 3 ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 34 އިންސައްތަ އިތުރުވެފައެވެ.

2 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 727.1 މިލިއަން ރުފިޔާއެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 103.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 96.9 މިލިއަން ރުފިޔާއަށްވުރެ 7 އިންސައްތައިގެ އިތުރުވުމެކެވެ.

3 ވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ފައިދާއަށް ލިބިފައި ވަނީ 50.9 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ލިބުނީ 43.3 މިލިއަން ރުފިޔާއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *