Ads by
ދީން
ކައިވެނި ކުރުމުގެ ކުރިން އެނގުނު މުހިންމު ކަންތައްތައް

ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ މުހިންމު އެއް ދުވަހެވެ.  މި ކަމުގެ ސަބަބުން މީހާގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރެއެވެ. ކައިވެންޏަކީ އުމުރުގެ ބާކީ ބައި އެކުގައި ހޭދަކުރަން ބޭނުންވާ ދެ މީހެއްގެ މެދުގައި ހަދާ އެއްބަސްވުމެކެވެ.

މީހަކާ ކައިވެނިކުރާއިރު ގިނަ ކަންތައްތަކެއް ބަދަލުކުރަން ޖެހެއެވެ. އެމީހެއްގެ ހުރިހާ ޢަޤީދާއެއް ޤަބޫލުކޮށް، ތިމާގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް އެ ކަންކަން ހިމެނުމަށް މަސައްކަތްކުރަން ޖެހޭނެއެވެ. ކައިވެންޏަކީ ދިރިއުޅުމުގެ ބައިވެރިންގެ ގޮތުގައި ދެ މީހަކާ ގުޅި، އެ މީހުންގެ އާއިލާއަކީ ތިމާގެ ބައެއްގެ ގޮތުގައި ބަލައިގަތުމެވެ.

ދިރިއުޅުމުގައި މީހަކު ނިންމާނެ އެންމެ މުހިންމު އެއް ނިންމުމަކީ ކައިވެނީގެ ބައިވެރިއަކު އިޚްތިޔާރު ކުރުމެވެ. ކައިވެނި ކުރުމުގެ ކުރިން ކައިވެނި ކުރަން ބޭނުންވަނީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހެއެވެ. ކައިވެންޏެއް ކުރުމުގެ ކުރިން އަމިއްލަ ނަފްސާ ކޮށްލަން އެންމެ ރަނގަޅު އަދި އެންމެ މުހިއްމު އެއް ސުވާލަކީ އެއީއެވެ.

ބައިވެރިޔާގެ ހުރި އުނި އަދި އެހެނިހެން ސިފަތަކާއެކު ދިރިއުޅުން ކުރިޔަށްގެންދެވޭނެ ކަމުގެ ޔަގީންކަން އޮންނަން ޖެހޭނެއެވެ. ބައިވެރިޔާދެކެ ހަމަ ހަގީގަތުގައިވެސް ލޯބިވޭތޯ އާއި، ތިބާއަށް އަށް ބައިވެރިޔާއަށް އިތުބާރު ކުރެވޭތޯއާއި، އެއީ ތިބާއަށް އަޅާލާ، އަދި ތިބާގެ ފަރާތުންވެސް އެމީހަކަށް އަޅާލުމާއި އޯގާތެރިކަން ދެވޭނެ މީހެއް ތޯ ވެސް ކައިވެނި ކުރުމުގެ ކުރިން ބަލަން ޖެހޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *