Ads by
ސިއްހަތު
މޭބިސްކަދުރުން ލިބޭ ސިއްޙީ 10 ފައިދާއެއް

މޭބިސްކަދުރަކީ ވިޓަމިން، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ މޭވާއެކެވެ. މިއީ ހައިޑްރޭޓްކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. މޭބިސްކަދުރު ކެއުމުން ސިއްހަތަށް ގިނަ ފައިދާތަކެއް ކުރެއެވެ.

Ads by Eki Online

މޭބިސްކަދުރުއަކީ ވިޓަމިން ސީ ލިއްބައިދޭ މޭވާއެއް ކަމުން، ޔީސްޓް އިންފެކްޝަން ފަދަ ބެކްޓީރިއަލް އަދި ވައިރަލް އިންފެކްޝަންތަކާ ދެކޮޅަށް ދިފާއީ ނިޒާމަށް އެހީތެރިވެދެއެވެ. އެއީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެކެވެ.

އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ މޭބިސްކަދުރުގެ ސަބަބުން ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ. އެއީ ސެލްތަކަށް ގެއްލުންދީ ކެންސަރަށް މަގުފަހިކޮށްދޭ މޮލިކިއުލްތަކެކެވެ.

މޭބިސްކަދުރުގައި ރެސްވެރެޓްރޯލް ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓް އެކުލެވިގެންވާ އިރު، މިއީ އިންފްލެމޭޝަން ކުޑަކޮށް، ކެންސަރުގެ ސެލްތައް އުފެދުމަށް ހުރަސް އަޅައި، ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ.

މޭބިސްކަދުރުގައި ޕޮޓޭސިއަމް ގިނައެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ވެސް ބެލެންސް ކޮށްދެއެވެ. ޕޮޓޭސިއަމް މަދުނަމަ ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

މޭބިސްކަދުރުގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވުމުން ކޮލެސްޓްރޯލް ދަށްކުރުމަށް. ެވެސް އެހީތެރިވެދެއެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *