Ads by
ސިއްހަތު
ކިވީ އިން ލިބޭ 4 ސިއްޙީ ފައިދާއެއް

ކިވީއަކީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ވިޓަމިންސް އެކުލެވިގެންވާ ބާވަތެކެވެ. ކިވީ ކެއުމަކީ ޕްރޮޓެކްޓިވް ޕްލާންޓް ކޮމްޕައުންޑްސް ބޭނުންކުރާ މިންވަރު އިތުރުކޮށްދޭ ކަމެކެވެ.

Ads by Eki Online

މިއީ މީރު، ކާން ފަސޭހަ އަދި ވަރަށް ފައިދާހުރި އެއްޗެކެވެ. ކިވީ ކެއުމުގެ ސަބަބުން ސިއްޙީ ގޮތުން ވަރަށް ބޮޑު ފައިދާތަކެއް ލިބެއެވެ.

ކިވީގައި ވިޓަމިން ސީގެ 3.5 އައުންސް (100 ގްރާމް) އެކުލެވިގެންވެއެވެ. ކިވީއަކީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 80 އިންސައްތަ (4ޓްރަސްޓެޑް ސޯސް) ފޯރުކޮށްދޭ އެއްޗެކެވެ.

ވިޓަމިން ސީ އަކީ ހަށިގަނޑުގައި ބާރުގަދަ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކޮށް، ސެލްތައް އޮކްސިޑޭޓިވް ގެއްލުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. މިއީ ދިފާއީ މަސައްކަތުގައި ވެސް ބައިވެރިވާ އެއްޗެކެވެ.

މީގެ އިތުރުން ކިވީގައި ޕޮޓޭސިއަމް، ކޮޕަރ، ވިޓަމިން ކޭ، ފޯލޭޓް އަދި ވިޓަމިން އީ އެކުލެވިގެންވާ އިރު، މިއީ އެންޓިއޮކްސިޑެންޓް އަސަރުތައް ކުރާ އަދި ދިފާއީ ދުޅަހެޔޮކަމަށް މުހިންމު ދައުރެއް އަދާކުރާ ފެޓް ސޮލިއުބަލް ނިއުޓްރިއެންޓެއް (6ޓްރަސްޓެޑް ސޯސް) އެކުލެވިގެންވާ މާއްދާއެކެވެ.

ކިވީއަކީ ލޯ ކެލޮރީސް، ޕްރޮޓީން އަދި ފެޓް މަދު، އަދި ފައިބަރު އެކުލެވިގެންވާ އެއްޗެކެވެ.

ކިވީ ކެއުމަކީ ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކިވީ ކެއުމަކީ ހާއްސަކޮށް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ޕްލޭކް އުފެދުމުގެ ފުރުސަތު ބޮޑެވާއިރު ކިވީ ކެއުމުން ޕްލެޓްލެޓް ޖަމާވުން ހުއްޓުވައި، ޓޯޓަލް ކޮލެސްޓްރޯލް އާއި ޓްރައިގްލިސެރައިޑްސް ދަށްކޮށްދީ ހާޓް ޕްރޮޓެކްޓިވް އެޗްޑީއެލް ރަނގަޅުކޮށްދެއެެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *