Ads by
ސިއްހަތު
ދޮންކެޔޮ ކެއުމުގެ ލިބޭ ފައިދާތަކާއި ސިއްޙީ ނުރައްކާތައް

ދޮންކޭލަކީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ލޭގެ ޕްރެޝަރު ބެލެހެއްޓުމަށް އެހީތެރިވެދޭ އަދި މީހާގެ މޫޑު ވަރުގަދަކޮށްދޭ ޒަރޫރީ ނިއުޓްރިއެންޓްސް އެކުލެވިގެންވާ މޭވާއެކެވެ.

Ads by Eki Online

ދޮންކޭލަކީ ސިއްހަތަށް ފައިދާހުރި އެއްޗެހި ނަމަވެސް ބައެއް ހާލަތްތަކުގައި ނުރައްކާތަކާ ވެސް ކުރިމަތިވެދާނެއެވެ.

އާންމުކޮށް ކައި އުޅޭ ސައިޒުގެ ދޮންކެޔޮ ކައިގެން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ޕޮޓޭސިއަމްގެ ގާތްގަނޑަކަށް 9 އިންސައްތަ ފޯރުކޮށްދެއެވެ.

2007 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދޮންކެޔޮ ކެއުމުން އަރިދަފުސް ރޯގާ ހުންނަ ކުދިންގެ ގައިގައި ރިއްސުމުން ދުރުކޮށްދެއެވެ. އޭގެ އެއް ސަބަބަކީ ކަރާގައި ހިމެނޭ އެންޓިއޮކްސިޑެންޓް އަދި ޕޮޓޭސިއަމްއެވެ. މި ހޯދުންތައް ކަށަވަރު ކުރުމަށް އިތުރު ދިރާސާތަކެއް ދަނީ ކުރަމުންނެވެ.

ލެބޯޓްރީ އިންވެސްޓިގޭޝަންސް ޓްރަސްޓެޑް ސޯސް އިން ލަފާކޮށްފައިވާ ގޮތުގައި ދޮންކޭލުގައި ހިމެނޭ ޕްރޮޓީން އެއް ކަމަށްވާ ލެކްޓިން އަކީ ލިއުކޭމިއާ ސެލްތައް އުފެދުން ހުއްޓުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ލެކްޓިން އަކީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ.

އެންޓިއޮކްސިޑެންޓްސް އަކީ ފްރީ ރެޑިކަލްސް ނަމަކަށް ކިޔާ މޮލިކިއުލްތައް ނައްތާލުމަށް ހަށިގަނޑަށް އެހީތެރިވެދޭ އެއްޗެކެވެ. ގިނަ އަދަދަކަށް ފްރީ ރެޑިކަލްތައް އުފެދިއްޖެ ނަމަ ސެލްތަކަށް ގެއްލުންވެ ކެންސަރަށް މަގުފަހިވެދާނެއެވެ.

ދޮންކެޔޮ ކެއުމުގެ ސަބަބުން ބައެއް މީހުންގެ ގައިގައި އެލާޖިކް ރިއެކްޝަނެއް އުފެދިދާނެއެވެ. ބޮލުގައި ރިއްސުން، ރިއްސުން، ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ވެސް ދިމާވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިފަދަ ސީރިއަސް އެލާޖިކް ރިއެކްޝަނެއްގެ ސަބަބުން އެނަފިލެކްސިސް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *