Ads by
ޚަބަރު
ފަލަސްތީނަށް އިންސާފު ހޯދައިދޭން އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ: މައުމޫން ހަމީދު
ފޮޓޯ: މީސް މީޑިޔާ

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް ބާ ކައުންސިލުގެ ރައީސްކަން ކުރެއްވި ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މައުމޫން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ އިހުތިސޯސް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ފަލަސްތީނަށް އެހީވުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް މައުމޫން ވިދާޅުވިއެވެ.

“ބައިނަލްއަގުވާމީ މުޖުތަމައުގެ އިސްނަގަންދެން މަޑުކުރުމުގެ ބަދަލުގައި ފަލަސްތީނަށް ދެމުންގެންދާ ބޮޑެތި ގެއްލުންތަކާއި ޖަރީމާތަކާ ދެކޮޅަށް ފަލަސްތީނަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް،” މައުމޫން ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާގައި ބުނެފައިވަނީ ކުށް ކުރީ ކޮންމެ ތަނެއްގައި ކަމުގައި ވިޔަސް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއްގައި ދައުވާ ކުރުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވާ ކަމަށެވެ.

ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށްތަކުގައިވެސް ދައުވާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 10،000 އެއްހާ މީހުން ވަނީ ޝަހީދުވެފައިވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *