Ads by
ޚަބަރު
ޝުޖާއު ބާރަށު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފި

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

Ads by Eki Online

ޝުޖާއު ވަނީ ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

“އަޅުގަނޑު ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަ ކުރުމަށް ނިންމައިފީމެވެ. އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ އަޅުގަނޑުގެ މި މަސައްކަތައް ތިޔަ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލެއްވުން ދެއްވުމެވެ،” ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝުޖާއު ވިދާޅުވިއެވެ.

ބާރަށު ދާއިރާގައި ހިމެނެނީ ބާރަށުގެ އިތުރުން އުތީމާއި މުރައިދޫ އަދި ތަކަންދޫއެވެ.

މިހާރު މާލެ ސިޓީ ކައުންސިލުގައި ހިމެނޭ ގިނަ މެންބަރުން އަންނަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވަމުންނެވެ. އަދި ބައެއް މެންބަރުން މިހާރު ވަނީ ކެމްޕޭން ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. އެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން މިހާރު ކެމްޕޭންތައް ފަށާފައިވާއިރު, ޕާޓީތަކުން ޓިކެޓް ދޭ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *